01 Jan 2014, 19:39
އާބިޓްރޭޝަންގެ މައްސަލަތައް ބެލުމާ ބެހޭ ގަވާއިދެއް ހައިކޯޓުން އެކުލަވާލައިފި އެވެ.
"އާބިޓްރޭޝަންގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމާއި ބެހޭ ގަވާއިދު" މިނަމުގައި އެކުލަވާލި އެ ގަވާއިދު އެ ކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.
އެ ގަވާއިދަކީ އާބިޓްރޭޝަން ގާނޫނުގެ ގެ 87 ވަނަ މާއްދާގެ ދަށުން އެ ކޯޓަށް ލިބިދީފައިވާ ބާރުގެ ދަށުން އެކުލަވާލެވުނު ގަވާއިދެކެވެ.
އާބިޓްރޭޝަން ޤާނޫނުގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅުމާއި، ބަލައިގަތުމާއި ހިންގުމާއި، ނިންމުންތައް ނިންމުމުގައި އެ ކޯޓުން އަމަލުކުރާނީ މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އިޖްރާއާތުތަކުގައިވާ ގޮތުގެމަތިންނެވެ.