01 Jan 2014, 19:05
އެމްއެންޑީއެފް ކޯސްޓްގާޑުގައި ހަރަކާތްތެރިވާ ސިފައިންގެ އާ ޔުނީފް ތައާރަފްކޮށްފި އެވެ.
ކޯޓުސްޓުގާޑުގެ އާ ޔުނީފޯމް ތައާރަފްކޮށްފައި ވަނީ ކޯސްޓުގާޑުގެ 34 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގަ އެވެ.
ކޯސްޓްގާޑް ބިލްޑިންގ ކުރިމަތީގައި ހެނދުނު 06:00 ގައި ބޭއްވި އެ ރަސްމިއްޔާތުގައި ކޯސްޓްގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހީމް ވަނީ ކޯސްޓްގާޑްގެ ސިފައިންނާ މުޚާތަބު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
މިރަސްމިއްޔާތުގައި ކޯސްޓްގާޑްގެ ސިފައިން ބައިވެރިވެފައިވާއިރު، މިއީ ކޯސްޓްގާޑްގެ ސިފައިންނަށް އަލަށް ތައާރަފްކުރެވުނު ހުދު ކުލައިގެ ޔުނީފޯރމް ގައި ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ. ކޯސްޓްގާޑްގެ ސިފައިންނަށް އަލަށް ތަޢާރަފްކުރެވުނު މިޔުނީފޯރމް ރަސްމީ ގޮތުން ބޭނުންކުރަން ފަށާފައިވަނީވެސް މިއަދު އެވެ.