01 Jan 2014, 14:08
ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭން ފެށި ދެވަނަ ކުންފުނި "އުރީދޫ" މޯލްޑިވްސް އިން ރާއްޖޭގެ އާބާދީގެ 84 ޕަސެންޓަށް ތްރީޖީ ޕްލަސް ތައާރަފްކޮށްފި އެވެ.
އުރީދޫ އިން މިހާރު ތްރީޖީ ޕްލަސް ނެޓުވޯކް ރާއްޖޭގެ ޖުމްލަ 182 ރަށަކަށް ތައާރަފްކޮށްފައިވާއިރު، އެންމެ ފަހުން އެހިދުމަތް ތައާރަފްކުރި ރަށްރަކަކީ، ކ.ގާފަރާއި، ރ. ވާދޫ އާއި ކ. ހުރާ އާއި ދ. ހުޅުދެލިއާއި ށ. ފޯކާދޫ އާއި މ. ދިއްގަރާއި ރ. މާކުރަތާއި ކ. ގުރައިދޫ އާއި މ. މުލި އާއި ނ. މަނަވަރާއި ތ. ވޭމަންޑޫ އާއި ތ. ގުރައިދޫ އާއި ލ.ގަމު ތުނިޑި އާއި ތ. ވިލުފުށި އާއި ލ. ގަން މަތިމަރަދޫ އާއި ބ. ދަރަވަންދޫ އާއި ގއ. ދާންދޫ އާއި ތ. ބުރުނީ އާއި ލ.މާމެންދޫ އާއި ހދ. މަކުނުދޫ އާއި ފ. މަގޫދޫ އާއި ށ. ފޭދޫ އާއި ބ. ހިތާދޫ ގއ. ގެމަނަފުށި އާއި ދ. މީދޫ އާއި ހދ. ހަނިމާދޫ އާއި ރ. ހުޅުދުއްފާރު އަދި ސ.މީދޫ އަށެވެ.
އުރީދޫއިން ބުނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ފުރިހަމަ ހިދުމަތްތަކާއެކު އަބަދުވެސް ކަސްޓަމަރުންގެ ދިރިއުޅުން ފުރިހަމަ ކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށެވެ.
އުރީދޫ އިން ވަނީ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސް އައު ވެބްސައިޓު މެދުވެރިކޮށް އެކައުންޓް މެނޭޖު ކުރެވޭނެހެން ބަދަލު ގެނެސް އަދި އުރީދޫ އެކްސްޕީރިއަންސް ސެންޓާ ވެސް ރަސްމީކޮށް ހުޅުވައިފަ އެވެ. އެ ސެންޓަރު ހުޅުވައިފައި ވަނީ މާލޭ މަޖީދީމަގުގައި ކުރިން ވެސް ވަތަނިއްޔާގެ ފިހާރަ ހުރި ހ. ޝަބްނަމް ބިލްޑިންގަ އެވެ.