11 Dec 2010, 12:32
ހޯމް މިނިސްޓަރު ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފު އަދި އެޑިއުކޭޝަން މިނިސްޓަރު ކަމަށް އެޑިއުކޭޝަން މިނިޓަރުގެ ނައިބު ކަމުގައި ހުންނެވި ޝިފާ މުހައްމަދު ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.
މި ދެބޭފުޅުން މި ޢައްޔަން ކުރެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމުގައި ހުންނެވި މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމުގެ މަގާމުގައި ހުންނެވި ޑޮކްޓަރ މުޞްޠަފާ ލުޠުފީ، މަގާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ
މި ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.