އޮޔާދިޔަ "އިނާލީ" ނަމަކަށް ކިޔާ ސްރީލަންކާ މަސްބޯޓް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ އެހީތެރިކަމާއެކު މާލެގެނެސްފިއެވެ.

އެމްއެންޑީއެފުން ބުނީ ތިން މީހުންނާއެކު މަސްވެރިކަމަށް ނިކުމެ އުޅުނު ގާތްގަނޑަކަށް 30 ފޫޓްގެ މިމަސް ބޯޓް އޮޔާދަނިކޮށް މާލެ ގެނެސްފައި ވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެ ބޯޓު މަސްވެރިކަމަށް ސްރީލަންކާ އިން ފުރާފައިވަނީ މީގެ އެއްމަސް ކުރިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ މަސް ބޯޓްގެ ގިއަރު ބޮކްސް ހަލާކުވެ ނުދުއްވިގެން އޮޔާދާތާ އަށް ދުވަސްވެފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރެއަށް މިބޯޓް އޮޔާ ލައްވާން ފަށާފައިވަނީ މީގެ ގާތްގަނޑަކަށް ތިން ދުވަސް ކުރިންން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.