ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރު އޮފް ސްޓޭޓް ފޮ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް މާފަންނު މޯނިންގް ވިލެޖް އަޙްމަދު ޒުބައިރު މިއަދު ޢައްޔަނު ކުރައްވައިފި އެވެ. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް މިނިސްޓަރު އޮފް ސްޓޭޓް ފޮ ހެލްތު އެންޑް ޖެންޑާ ޠާރީގު ޢަލީ ލުޠުފީ މިއަދު ޢައްޔަނު ކުރައްވައިފި އެވެ.