31 Dec 2013, 20:27
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް އުވާލައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ރައީސް އަބްދުﷲ ޔާމީން މިއަދު އުފައްދަވައިފި އެވެ.
ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން މިގެނާ ބަދަލާ ގުޅިގެން ޑީޕީއާރުއެސްގެ ދަށުން ހިންގަމުން އައި ދެވަނަ ފުރުސަތު ޕްރޮގްރާމް އޮފީސް ވެސް މިއަދު އުވާލައިފި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސުމާ ގުޅިގެން، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ނ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހުތިޔާރުގެ ދަށުން އަދަބު ލުއި ކޮށްދިނުމުގައި، އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ވާ ގޮތުގެ މަތިން، ދެވަނަ ފުރުސަތުގެ ޕްރޮގްރާމް އޮފީހުގެ މަސައްކަތްތައް ކުރާނީ މިއަދު އަލަށް އުފެއްދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކަމަށެވެ.