31 Dec 2013, 20:13
ގާނޫނުއަސާސީގެ 8 ވަނަ ބާބާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ޅ. މަޑިވަރަކީ، ނައިފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަނޑައެޅުން ބާތިލުކުރައްވައި، މަޑިވަރާއި، ޅ. ފެލިވަރަކީ މީހުން ދިރިނޫޅޭ ދެ ރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު ކަނޑައަޅުއްވައިފި އެވެ.
މަޑިވަރާއި ފެލިވަރަކީ މީހުން ދިރިއުޅޭ ދެ ރަށް ކަމުގައި ކަނޑައެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެ ދެ ރަށުގައި މިހާތަނަށް މީހުން ދިރިއުޅެން ފަށާފައެއްނުވެ އެވެ.
މަޑިވަރަކީ އެމްއެންޑީއެފްގެ ޓްރޭނިންތަކުގައި ބޭނުންކުރަމުން އަންނަ ރަށެކެވެ. އަދި ފެލިވަރަކީ ދަޅުގައި މަސްބަންދުކުރާ ސަރުކާރުގެ ކާރުހާނާ ހިންގާ ރަށެކެވެ.