ރައީސުލްޖުމްހޫރިއްޔާ އަބްދޫﷲ ޔާމީން ތިން މަގާމަކަށް ތިން ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެ މަގާމުތަކަށް އައްޔަނު ކުރެއްވީ، މިނިސްޓާ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ނައިބު ކަމުގެ މަގާމަށް މއ. ކޯނާ އަބްދުﷲ ޒިޔާދެވެ. އަދި މިނިސްޓާ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ނައިބު ކަމުގެ މަގާމަށް ސ. ފޭދޫ ބަންޑާރަވިލާ އިބްރާހީމް ނިޒާމެވެ.

މީގެ އިތުރުން ސައޫދީ އަރަބިއްޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސަފީރުގެ ނައިބުގެ މަގާމަށް ގ. ގަސްކަރަ އުސާމާ މުހަންމަދު ރަޝީދު ވަނީ ހަމަޖައްސަވައިފަ އެވެ. އަދި އުސާމާ އައްޔަންކޮށްފައި ވަނީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގަ އެވެ.