ރެޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމު ގާނޫނީ ވަކީލު މުހައްމަދު އިޔާޒަށް މިއަދު ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެ މަގާމަށް އޭނާ އައްޔަންކޮށްފައި ޑެޕިއުޓީ މިނިސްޓަރު ފެންވަރުގަ އެވެ. އިޔާޒް އަކީ ސުއޫދު، އަންވަރު އެންޑް ކޯ ލޯ ފާމްގެ ޕާޓްނަރެއްގެ ގޮތުގައި މީގެ ކުރިން އުޅުއްވި ބޭފުޅެކެވެ. އަދި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ޖެނެރަލް ސެކެޓްރީގެ މަގާމު ވެސް ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.

ބަންޑާރަ ނައިބުގެ އޮފީހުގައި އިޔާޒް ވަނީ ޑެޕިއުޓީ އެޓާނީކަން ވެސް ކުރައްވާފަ އެވެ.