31 Dec 2013, 12:38
ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރުމުން ވެސް އޭނާގެ މުސާރަ ހިފަހައްޓާފައި ވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް ފަހުމީ ދައުވާ ކޮށްފި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގައި ފަހުމީ ދައުވާކޮށްފައި ވަނީ ދައުލަތުގެ މައްޗަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާރު އެ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ މެލޭޝިޔާގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމަށް އޭނާ ބަދަލުކުރައްވާފަ އެވެ.