އުރީދޫ އިން އިތުރު ހަތަރު ރަށަކަށް ތްރީޖީ ޕްލަސްގެ ގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.

އުރީދޫ އިން ބުނީ އަލަށް ރާއްޖެއަށް ތްރީޖީ ޕްލަސްގެ ޚިދުމަތް ތައާރަފް ކޮށްފައި ވަނީ ށ. ފޭދޫ އާއި ބ. ހިތާދޫ އާއި ގއ. ގެމަނަފުށީގެ އިތުރުން ބ. ހިތާދޫ ކަމަށެވެ.

މިމަހުގެ 23 ވަނަ ދުވަހު އުރީދޫ ބްރޭންޑު ތައާރަފްކުރިފަހުން މުޅި ޖުމްލަ 25 ރަށެއްގައި އަލަށް ތްރީޖީ ޕްލަސްގެ ޚިދުމަތްދޭން ވަނީ ފެށިފަ އެވެ.

އުރީދޫގެ ވައުދަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 84 ޕަސެންޓަށް ތްރީޖީ ޕްލަސްގެ ޚިދުމަތް ދިނުމަށްފަހު ކަސްޓަމަރުންގެ ދުނިޔެ އިތުރަށް އިތުރަށް ފުރިހަކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.