މަރުވެފައިވާ ދެ މީހެއްގެ ނަމުގައި މެމްބަޝިޕް ފޯމް ޖުމްހޫރީ ޕާޓީން ހުށަހެޅުމުން 12،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފުވެ، މަރުވެފައިވާ ދެ މީހެއްގެ ނަމުގައި ޖޭޕީން މެމްބާޝިޕް ފޯމް ހުށަހަޅާފައިވާތީ ކޮންމެ ފޯމަކަށް 6،000ރ.ގެ މަގުން ޖުމްލަ 12،000ރ. އިން ޖޫރިމާނާކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހުގެ 12ވަނަ ދުވަހު ވެސް މަރުވެފައިވާ މީހެއްގެ ނަމުގައި އެ ޕާޓީން ފޯމް ހުށަހެޅުމުން 5،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ ކޮމިޝަނުގެ ވެބްސައިޓްގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު 15ގެ ނިޔަލަށް ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރީގައި ހިމެނެނީ 14،330 މެމްބަރުންނެވެ.