Last Updated: 1 decade 2 year ago
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ މެޑްރިކްސް މޯޑު ޕީޕީއެމާ ގުޅިވަޑައިގަންނަވަނީ ނަސަންދުރާ ޕެލަސް ހޮޓަލުގައި މިހާރު ކުރިއަށްދާ ޕީޕީއެމްގެ ޕްރެސް ކޮންފަރެންސެއްގަ އެވެ.
މެޓްރިކް މޯޑު މިއަދު ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތުރީލައިންވިޕާ ހިލާފަށް ވަޒީރުންނަށް ރުހުން ދީފަ އެވެ.
މިއަދު ހަވީރު ނަސަންދުރައިގައި ބޭއްވި ރަސްމިޔާތުގައި ޕީޕީއެމްއަށް ސޮއި ކުރެއްވުމަށް ފަހު މިއަދު ވަޒީރުނަށް ވޯޓު ދެއްވި ހުރިހާ މެންބަރުނަށް ޝުކުރުއަދާކުރައްވަމުން މޯޑު ވިދާޅުވީ އޭނާ ޕީޕީއެމްއަށް ގުޅެން ނިންމި ނިންމުމަކީ އެހާ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ނަމަވެސް އޭނާ ޕީޕީއެމް ގުޅެން ނިންމީ އިދިކޮޅު އެމްޑީޕީން ގައުމުގެ އަމާން ކަމާއި މަސްލަތު ހިމާޔަތްކުރަން މަސައްކަތް ކުރާތަން ނުފެންނާތީ ކަމަށެވެ.
"އިދިކޮޅު ޕާޓީއެއްގައި ހުރެގެން އަޅުގަނޑު މަސައްކަތްކުރަމުން އައީ މި ކަންކަން ކުރެވޭނެ ކަމަށް. ރާއްޖެ އަށް އަމާންކަމާއި މަސްލަހަތު އަޅުގަނޑުމެނަށް ހިމާޔަތްކުރެވޭނެ ކަމަށް. ނަމަވެސް އަޅުގަނޑަށް ފެނުނުތާގައި މިކަން ނުކުރެވިދާތަން ފެންނާތީވެ [އެމްޑީޕީ ދޫކޮށްލީ]،" މޯޑު ވިދާޅުވި އެވެ.
އަދި އެހެންމެ މި ސަރުކާރުގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނީ ގައުމާއި ރައްޔިތުނަށް ޓަކައި ކަމަށާއި އެމްޑީޕީން ބާޣީން ކަމަށްބުނާ މީހުން އެ ޕާޓީގެ ތެރޭގައި ވެސް އެބަތިއްބެވި ކަމަށެވެ.
"އަޅުގަނޑުމިއަދު ސުވާލު އުފައްދާލަން ބޭނުން ބާޣީން އަޅުގަނޑުމެން މަނާ ކުރަނީ ކިހިނެތްތޯ. އަޅުގަނޑުމެނަށް އެބަ ފެނޭ ބާޣީންގެ ގޮތުގައި ސިފަކުރާ ހުރިހާ އެންމެން ހުރިހާ ޕާޓީއަކުގެ ތެރެއިން ވެސް. އަޅުގަނޑުކުރިން ނިސްބަތްވި އެމްޑީޕީން ތެރެއިން ވެސް ހަމަ އެމީހުން އެބަފެނޭ. ވަކި ޕާޓީއަކަށް ދިއުމުން އެމީހަކު ބަޣީ އަކަށްނުވާ ކަމަށްވަންޏާމު އަޅުގަނޑު ނުދެކެން ރާއްޖޭގެ ރައްޔިތުން އިންތިހާބުކުރި ސަރުކާރެގައި ވަޒީރުންގެ ގޮތުގައި ނިކުމެވަޑައިގަންނަވާނެ ކަމަށް ބާޣީނެއް،"
މޯޑު އިތުރަށް ވިދާޅުވީ އައްޑޫ ސިޓީ އަށް މި ސަރުކާރުން ތަރައްގީއަށް މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެ ރަސްމިޔާތުގައި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު އަދީބް ވަނީ މޯޑު އެ ޕާޓީއަށް ގުޅިވަޑައިގަތުމަކީ އެ ޕާޓީ އަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. މިއަދުގެ ރަސްމިޔާތުގައި މަޝްހޫރު ފޫޓް ބޯޅަ ކުޅުންތެރިޔާ އަލީ ޝިހާމް ވެސް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފަ އެވެ.
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދޭން ވޯޓު ދިނީ ގައުމާއި ތަރައްގީއަށްޓަކައި. ބާގީންގެ ގޮތުގައި އެމްޑީޕީން ސިފަ ކުރަނީ ކޮންބައެއްތޯ. ބާގީންގެ ގޮތުގައި ސިފަ ކުރާ ހުރިހާ އެންމެން، އެހެން ޕާޓީތަކުގެ ތެރޭގައި އެބަ ތިބި. މި ސަރުކާރުން އައްޑޫ ސިޓީ ރައްޔިތުންނަށް ތަރައްގީ ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން.އިހްލާސްތެރިކަމާއެކު ޕީޕީއެމްގެ ތެރޭގައި މަސައްކަތް ކުރާނަން. ހަމަހަމަވާނެ އުސޫލުން ރައްޔިތުންނަށް ޕީޕީއެމްގެ ސަރުކާރުން ހިދުމަތްކޮށްދޭނެ ކަމަށް އުމްމީދު ކުރަން.
ރާއްޖޭގެ ހާލަތައް ބަލައި އިރު ރައްޔިތުން އިންތިހާބު ކުރި ސަރުކާރެއް އެބަ އޮތް ކަމަށް. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވެރިކަމަށް ގެނައުމަށްޓަކާ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން ވަރަކަށް މަސައްކަތް ކުރި ކަމަށް. އެހެންނަމަވެސް ރައްޔިތުން ނިންމީ އެހެން ކަމެއް.