ލާޒިއޯގައި ހުރެ ތާރީހުގެ ތެރެއަށް ވަންނަން ބޭނުންވާ ކަމުގައި އެކްލަބުގެ ބްރެޒިލް މިޑްފީލްޑަރު ހާނަނޭސް ބުނެފި އެވެ.

އުމުރުން 28 އަހަރު ހާނަނޭސް ހޯދުމަށް ގިނަ ކްލަބުތަކަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ލާޒިއޯ އިން ޖެނުއަރީ ޓްރާންސްފާގައި ހާނަނޭސް ފޮނުވާލަން އުޅޭކަމަށް ރިޕޯޓްތައް ބުނަމުންދެ އެވެ. ނަމަވެސް ހާނަނޭސް އެކްލަބު ދޫކޮށްލަން ބޭނުންނުވާކަމަށް އޭނާ ބުނެފައިވެ އެވެ.

"އަހަރެން މިހިރީ ކެރިޔަރުގެ އެންމެ ރަނގަޅު ހިސާބުގައި. ދެން ވާނެ ގޮތެއް ބުނާކަށް ނޭނގޭ. ނަމަވެސް އަހަރެން މިހިރީ އުފަލުގައި. އަހަރެން ބޭނުން ވަނީ މިގޮތުގައި ހުންނަން. އަހަރެން ބޭނުން ވަނީ މިކްލަބުގައި ހުރެ ރަނގަޅު ކުޅުމެއް ދައްކައި އަހަރެން ބޭނުންވާ ހިސާބަށް ދާން. ލާޒިއޯއާ އެކު އިޓަލީ ލީގު ކާމިޔާބުކޮށް ތާރީހުގެ ތެރެއަށް ވަންނަން ބޭނުން." ހާނަނޭސް ބުންޏެވެ.

މިސީޒަންގެ އިޓަލީ ލީގުގައި މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިންގެ ތެރޭގައި ހާނަނޭސް ހިމެނެ އެވެ. ހާނަނޭސް އަކީ 2010 ވަނަ އަހަރު ބްރެޒިލްގެ ސައޮ ޕައޮލޯ އިން ލާޒިއޯ އަށް ބަދަލުވި ކުޅުންތެރިއެކެވެ.