30 Dec 2013, 15:32
ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓިގެން ރާއްޖެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ، އޮޔާދާ "އިނޯލީ ދުވާ" ނަމަކަށް ކިޔާ ލަންކާގެ އެ މަސްބޯޓުގައި ޖުމްލަ ތިން މީހުންތިބި އިރު އެ ބޯޓަކީ ރަތާއި ހުދު ކުލަ ލާފައިވާ 40 ފޫޓްގެ ބޯޓެއް ކަމަށެވެ. އަދި އެބޯޓު މިހާރު އޮތީ މާލޭގެ އިރުން 80 ނޯޓިކަލް މޭލު ބޭރުގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްކޮށްދިނުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.