ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ތ. ހިރިލަންދޫ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މަގާމުގައި ހުންނެވި އަބުދުލްޖަލީލް އިސްމާއިލް ވަކިކޮށްފި އެވެ.

ހިރިލަންދޫ ކައުންސިލްގެ ރައީސް އަލީ ފާއިޒު މިއަދު ވިދާޅުވީ މަސައްކަތު މީހަކަށް ވަޒީފާ ހޯދައިދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލެއް ހިންގި ކަމަށް ފެންނާތީ އޭނާ މަގާމުން ވަކިކުރިކަން އަންގައި ސިވިލްސާވިސް ކޮމިޝަނުން ޗިޓު ފޮނުވާފައިވާ ކަމަށެވެ.

އަދި އެކަން ކައުންސިލް އިދާރާ އިން މިހާރު އޭނާ އަށް އަންގާފައިވާ ކަމަށް ވެސް ފާއިޒު ވިދާޅުވި އެވެ.

ކައުންސިލަރު ވިދާޅުވީ މީގެ މަހެއްހާ ދުވަސް ކުރިން އޭސީސީގެ ބޭފުޅުން އެ ރަށަށް ވަޑައިގެން އެކަމާ ގުޅޭ ލިޔުންތައް ހޯދައި އެ މައްސަލަ ތަހުގީގު ކޮށްފައިވާ ކަމަށެވެ.