30 Dec 2013, 09:46
އެކާވިސް ވަނަ ހިޓާޗީ އެމްބީއޭ ބާސްކެޓް ބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޒަންގެ ފައިނަލުގެ ދެ ވަނަ މެޗުން އާރްއެލްސީ މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގައި އިއްޔެ ހަވީރު ކުޅުނު މެޗުން އާރުއެލްސީ މޮޅުވީ ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 63 ޕޮއިންޓު 62 ޕޮއިންޓުންނެވެ.
އިއްޔެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑީއެސްސީގެ ފާތިމަތު ނަޝްފާ އެވެ.
މުބާރާތުގެ އަންހެން ޑިވިޒަންގެ ތިންވަނަ ފައިނަލް މެޗް އޮންނާނީ މާދަމާ ހަވީރު 4:00 ޖަހާއިރު އެވެ. މިމުބާރާތުގައި މިދިޔަ ހުކުރު ދުވަހު ކުޅުނު އަންހެން ޑިވިޝަނުގެ ފުރަތަމަ ފައިނަލް މެޗު ސިފައިންގެ ކްލަބުން ކާމިޔާބުކޮށްފައި ވަނީ 29 ޕޮއިންޓް 28 ޕޮއިންޓުގެ ތަފާތަކުންނެވެ.