30 Dec 2013, 08:49
މިއަދު ހެނދުނު ހުޅުމާލެ ހުޅަނގު އުތުރު ފަރާތު ފަޅުތެރޭގައި އޮތް މުދާ އުފުލާ ދޯންޏެއްގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލް ކުރެވިފައިވަނިކޮށް އިތުރަށް ރޯވެ ދޯންޏަށް ފެތުރެން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ސްޕޯކްސް ޕާސަން ހުސައިން އަލީ ވިދާޅުވީ މިއަދު ހެނދުނު 7:50ގައި ދޯނީގެ އިންޖީނު ރޫމުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފާއި އެއާޕޯޓް ކޮމްޕެނީގެ ފަޔާމަނުން ކޮންޓްރޯލް ކޮށްފައިވަނިކޮށް އަލުން އަލިފާން ރޯވެ ދޯންޏަށް ފެތުރެން ފަށާފައިވާ ކަމަށެވެ. އަދި އެ ދޯނީގައި ހަތަރު ޑީސަލް ޓޭންކް ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.