"ފަހިއަލި އިމާރާތުގެ" ދަށުން އާންމުނަށް ލެޑް ހޮޅިބުރި ހިލޭ ދޫކުރަން ފަށައިފި އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ހަކަތަ އިގްތިސާދު ކުރުމުގެ ސިޔާސަތުގެ ދަށުން، ކަރަންޓަށް ހަރުދުކުރާ މިންވަރު މަދު ކުރުމަށް ޓަކައި ކުރިއަށް ގެންދާ "ފަހިއަލި އިމާރާތު" ދަށުން އާންމުންގެ ގޭތަކަށް ލެޑް ހޮޅިބުރި ދޫކުރުން ފައްޓަވަދެއްވީ މިއަދު ހަވީރު ވިލިމާލެގައި ބޭއްވި ރަސްމިޔާތެއްގައި އެނަޖީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އެ ރަސްމިޔާތުގައި މިނިސްޓަރު ވިދާޅުވީ ހަތަރުފޫޓުގެ ލެޑް ހޮޅިބުރި އަކީ 16 ވޯޓާއި 18 ވޯޓުގެ ހަރަދުކުޑަ ހޮޅިބުރިތަކެއް ކަމަށެވެ.

"އާންމުގޮތެއްގައި ހަތަރު ފޫޓުގެ ހޮޅިބުރިއަކަށް 40 ވޯޓު ހަރަދު ކޮންސިއުމްކުރެވޭ. މި ޕޮރްގުރާމްގެ ދަށުން އަޅުގަނޑަށް ގަބޫކުރެވެނީ މި ހޮޅިބުރި ހަރަކުރެވޭ ތަންތަނުގައި ހަރުކުރެވިއްޖެއްޔާ ގާތްގަނޑަކަށް ދިއްލުމަށްދާ ހަރަދުގެ ދެބައިކުޅަ އެއްބައި ކުޑަވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"ފަހިއަލި އިމާރާތުގެ" ދަށުން ލެޑް ހޮޅިބުރި ދޫކުރާނީ އެކަމަށް އެދި ފޯމެއް ހުށަހަޅަމުންދާ ފަރާތްތަކަށެވެ. "ފަހިއަލި އިމާރާތުގެ" ދަށުން ސަރުކާރުގެ ތަންތަނަށް 70،000 އަށް ވުރެ ގިނަ ހޮޅިބުރި ދޫކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ މައުލޫމާތުދީފަ އެވެ. މިދިޔަ އަހަރުފެށި ފަހިއަލި ޕޮރްގްރާމްގެ ދަށުން ފެށި ފަހިއަލި "ބަނަދަރުގެ ނަމުގައި" ފަހި އަލި މަގުމަތި" ވަނީ ލެޑް ހޮޅިބުރި އެކި ރަށްތަކަށް ފޮނުވާފަ އެވެ.