29 Dec 2013, 16:01
ނަމާދު ވަގުތައް ބަންދުކޮށްފައި ހުރި "ކަންމަތީ ފިހާރައެއް"ގެ ތެރޭގައި ޖިންސީ ގުޅުން ހިންގަމުންދަނިކޮށް، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ފުލުހުން ވަދެ، އެ މީހުން ހައްޔަރުކޮށްފި އެވެ.
ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް އެ މީހުން ހައްޔަރު ކުރީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ ކައިރީގައި ހުންނަ "ދަނާލަ" ނަމަކަށް ކިޔާ ފިހާރައެއްގެ ތެރެއިންނެވެ.
http://www.sun.mv/albums/l_21913.jpg
އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގަމުންދަނިކޮށް ފުލުހުން ވަދެ އެ މީހުން ހައްޔަރު ކުރީ މިއަދު މެންދުރު ނަމާދަށް އެ ފިހާރަ ބަންދުކޮށްފައި ހުއްޓަ އެވެ. ފުލުހުން އެ ފިހާރައަށް ވަނި ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށް މަންޒަރުދުށް މީހުން "ސަން"އަށް ކިޔައިދިނެވެ.
ފިހާރަ ތެރެއަށް ފުލުހުން ވަން ވަގުތު ޖިންސީ އަމަލު ހިންގަމުންދިޔަ ކަމަށް ބުނާ އަންހެން މީހާ އާއި ފިރިހެން މީހާ ފިހާރައިގެ ސޭޓު ވެސް ހުއްޓެވެ. ސަންގެ ނޫސްވެރިން އެތަނަށް ދިޔައިރު، އެ ތިން މީހުން ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ އެވެ.
http://www.sun.mv/albums/l_21912.jpg
އާންމު ދިރިއުޅުމަށް ބޭނުންވާ "އާންމު މުދާ" ވިއްކާ ދަނާލަ ފިހާރައިން ފުލުހުން ވަނީ ގިނަ އަދަދެއްގެ ފޮތްތަކަކާއި ސީޑީތަކެއްގެ ގެންގޮސްފަ އެވެ. އަދި ކޮމްޕިއުޓަރެއްގެ "ސީޕީޔޫ" ވެސް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
http://www.sun.mv/uploads/l_37351586.jpg
ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރު ކުރީ އެތަނުގައި ސިހުރު ހަދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެ ފިހާރައިން ސިހުރު ހަދަން ގެންގުޅޭ ބައެއް ތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން އެތަނަށް ވަންއިރު އެ މީހުން ތިބީ ޖިންސީ އަމަލު ހިންގަން ކަމަށްވެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުންޏެވެ.