29 Dec 2013, 10:00
ސްޓޮކް ދައްވުމުގެ ސަބަބުން ލާރި ޖަހައިގެން މާލެއަށް ގެނެސްފި އެވެ.
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނީ، އަލަށް ޖަހައިގެން ގެނައި 1 ލާރި އާއި 5 ލާރި އާއި 10 ލާރީގެ އިތުރުން 25 ލާރި އާއި 50 ލާރި ކަމަށެވެ. އެ ލާރިއަކީ ވެސް މީގެ ކުރިން ބޭނުންކުރި ވައްތަރުގެ ލާރި އެވެ.
އެ ފައިސާ ޖަހައިގެން މާލެ ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ދާތިފަހުން ވަނީ 10ރ. އަދި 20ރ. ގެ އިތުރުން 100 ރުފިޔާގެ ނޫޓު މަދުވެގެން އާ ނޫޓުޓަކެއް ދައުރުވާ ފައިސާގެ ތެރެއަށް ނެރެފަ އެވެ. އެއީ 2004 ވަނަ އަހަރު ޗާޕްކުރި 100 ރުފިޔާގެ ނޫޓުތަކަށް އާ ސަލާމަތީ ސިފަތަކެއް އިތުރުކޮށްގެން ޗާޕްކޮށްފައިވާ ނޫޓެކެވެ.
ވަކި ލާރީގެ ސުޓޮކް ހުސްވުމަށް މެދުވެރިވާ ސަބަބަކަށް ވެފައި ވަނީ ޖީއެސްޓީ ނެގުމުން ވަކި ލާރިއަށް ޑިމާންޑް ބޮޑުވުމެވެ.