ހުޅުމާލޭ ފްލެޓެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

"ސަން"އަށް އެނިގައިވާގޮތުގައި ހުޅުމާލޭ 63 ނަމްބަރު ފްލެޓްގެ ތެރޭގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނުނީ ހދ. މަކުނުދޫ، ފޭރުގަސްދޮށުގޭ، އުމުރުން 32 އަހަރުގެ، އިބްރާހިމް އަބޫބަކުރު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އިބްރާހިމް އަބޫބަކުރު މަރުވެފައި ވަނީ ސިއްހީ ލާހަތު ގޯސްވެފައި ވަނިކޮށެވެ. އަދި އޭނާ ވަނީ މީގެ ކުރިން ކިޑްނީ ފެއިލްވެ އާ ކިޑްނީއެއް ވެސް ލައްވާފަ އެވެ. އަބޫބަކުރަކީ މީހަކާ އިނދެގެން އުޅޭ މީހެއް ނޫނެވެ.

ފުލުހުން ބުނީ އެ މީހާ މަރުވެފައިވާތާ ދުވަސްތަކެއްވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުންގެ ފޮރިންސިކް ޓީމަކުން މިހާރު ސީނަށް ގޮސް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.