28 Dec 2013, 22:30
މި އަހަރު ބީއެމްއެލް އޮޑިޓް ކުރުމަށް ޕްރައިސް ވޯޓާ ހައުސް ކޫފާސް އަށް 60950 ޑޮލަރަށް ދިނުމަށް ފާސްކޮށްފި އެވެ.
މިރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ގައުމީ ބޭންކް، ބީއެމްއެލްގެ އެކުސްޓާ އޯޑިނަރީ ޖަލްސާގައި އެކުންފުނި އޮޑިޓް ކުރުމަށް ހަވާލުކުރަން ނިންމީ އެ ޖަލްސާގައި ބައިވެރިވި 10 ހިއްސާދާރުންގެ ތެރެއިން 8 ހިއްސާދާރުންގެ ވޯޓްލިބިގެނެވެ.
މިރޭ ބޭއްވި އެ ޖަލްސާގައި ވަނީ އަށް ހިއްސާދާރުންގެ ވޯޓް ލިބިގެން 2012 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ވެސް ފާސްކޮށްފަ އެވެ.
މިރޭގެ ޖަލްސާ އަށް ހާޒިރު ވެފައި ވަނީ އާންމު ހިއްސާ ދާރުންގެ ތެރެއިން ހަތް ހިއްސާދާރުންނާއި ކުންފުނިތަކުގެ ފަރާތުން ތިން ޕްރޮކްސީ އެވެ.
ބީއެމްއެލްގެ 30 ވަނަ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.