މަސްބާނަން ގޮސް އުޅުނު މީހެއްގެ ފައިގެ ފަލަމަސްގަނޑަށް މަހެއްގެ ތުންގަނޑު ރޭ ހެރިއްޖެ އެވެ.

ތޮޅިއެއްގެ ތުންގަނޑު ހެރިފައި ވަނީ ސ. ހުޅުމީދޫން މަހަށް ނުކުމެ އުޅުނު މީހެއްގެ ފައިގެ ފަލަމަސްގަނޑަށެވެ. އަދި އެ ހާދިސާ ހިނގުމާ އެކު އޭނާ އަށް ރޭ ދަންވަރު ފަރުވާ ދިނުމަށް ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ހިތަދޫ ހޮސްޕިޓަލުން ބުނީ މަހުގެ ތުންގަނދު ހެރިގެން ގެންދިޔަ މީހާގެ ފައިން އެ ތުންގަނޑު މިހާރު ނަގާފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އާއިލާގެ އެދުމުގެ މަތީން މިހާރު ހުޅުމީދޫ ހޮސްޕިޓަލަށް އޭނާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.