އެކާވިސް ވަނަ ހިޓާޗީ އެމްބީއޭ ޗެމްޕިއަންޝިޕް ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ މެޗުން ރެޑްލައިން ކުލަބް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން ރެޑްލައިން މޮޅުވީ ދިވެހިސިފައިގެ ކުލަބާ ވާދަކޮށް 103 ޕޮއިންޓް 74 ޕޮއިންޓުންނެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ކުޅެނީ ތިން މެޗުގެ އުސޫލުންނެވެ. އެގޮތުން ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެ އެވެ.

ރޭގެ ފައިނަލް މެޗުގެ މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އާރުއެލްސީގެ މުހައްމަދު ފިރާޝް އެވެ.

މުބާރާތުގައި މާދަމާރޭ 8:30 ގައި ކުޅޭ ދެ ވަނަ ފައިނަލުން ރެޑްލައިން މޮޅުވެއްޖެ ނަމަ އެ ޓީމަށް ޗެމްޕިއަންކަން ލިބޭނެ އެވެ. އެ މެޗުން ސިފައިން މޮޅުވެއްޖެ ނަމަ ޗެމްޕިއަންކަން ލިބޭނީ އަންގާރަ ދުވަހު ކުޅޭ ތިން ވަނަ ފައިނަލުން މޮޅުވާ ޓީމަކަށެވެ.