އެކާވީސް ވަނަ ހިޓާޗީ އެމްބީއޭ ބާސްކެޓް ބޯލް ޗެމްޕިއަންޝިޕް ގެ އަންހެން ޑިވިޒަން ފައިނަލްގެ ފުރަތަމަ މެޗުން ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) މޮޅުވެއްޖެ އެވެ.

މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް ތިން މެޗްގެ ތެރެއިން އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅެވުނު ފުރަތަމަ ފައިނަލް މެޗުގައި ޑީއެސްސީ މޮޅުވެފައިވަނީ އާރުއެލްސީގެ ޓީމާއި ބައްދަލުކޮށް 38 ޕޮއިންޓް 39 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

އިއްޔެ މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އާރުއެލްސީގެ ފާތިމަތު ރިޝްމާއެވެ.

މުބާރާތުގެ ދެވަނަ ފައިނަލް މެޗު މާދަމާ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ޑީއެސްސީ އާއި އާރުއެލްސީގެ ޓީމާއެވެ.