އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅުވައިގެން މުޅި ރާއްޖެ ސާފުކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީ އިން އިސްނަގައިގެން ފަށައިފި އެވެ.

ހޯމް މިނިސްޓުރީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ޝިޔާމް މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ހެނދުނު 7:30 އިން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ ރަށެއް ސާފު ކުރުމުގެ މަސައްކަތް ފަށަފައިވާ ކަމަށެވެ. އަދި އެކަމުގައި ގިނަ ބަޔަކު ހަރަކާތްތެރިވާ އިރު ބޮޑަށް ހަރަކާތްތެރި ވަނީ ސަރުކާރުގެ މުއައްޒިފުންނާއި ބޮޑެތި ކުންފުނިތަކުގެ އިތުރުން ބައެއް ޖަމިއްޔާތަކުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މުޅި ރާއްޖެ ސާފު ކުރުމުގެ މަސައްކަތެއް މިއީ. މާލޭގައި ވެސް އަޅުގަނޑުމެން އެކި ހިސާބުތަކަށް ބަހާލައިގެން މިކަން މިކުރަނީ. މަގުމަތައް ވެސް ވަރަށް ރީއްޗަށް ސިނގިރޭޓް ފިލްޓަރަށް ދަންދެން އެބަ ނަގަން. އަދި ފަޅުތެރެ ވެސް ސާފު ކުރަން އެބަ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޅި ރާއްޖެ ސާފު ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަނީ އެކުވެރިކަން އާލާކޮށް އެންމެން އެކުގައި ގައުމަށް ޓަކައި ކުރެވޭނެ މަސައްކަތެއް ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިއަދު މެންދުރު 12:00 ޖަހަންދެން އެ މަސައްކަތް މުޅި ރާއްޖޭގައި ވެސް ކުރުމަށް ނިންމާފައިވާ ކަމަށް ޝިހާމް ވިދާލުވި އެވެ.