27 Dec 2013, 23:07
ފުލުހުން މިހާރު މާލޭގައި ހިންގަމުންދާ އޮޕަރޭޝަނެއްގައި ގިނައަދަދެއްގެ ބަނގުރާތަކާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓެލިޖެންސްގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންގެ ފުލުހުން ގުޅިގެން މިހާރު ފަށާފައިވާ އޮޕަރޭޝަނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 9:00 ހާއިރު މ. ލޮޖް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް 112 ބަނގުރާ ފުޅި އާއި ހަ ކޭސް ބަނގުރާ ދަޅު ހޯދާފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެތަކެތި ގެންގުޅޭ މީހުންނާ ގުޅުންހުރި ތަނެއްކަމަށްވާ ޝަހީދު އަލީ ހިނގުމުގައި ހުރި ގުދަނެއް ބަލައި ފާސްކުރި އިރު 90 ބަނގުރާ ފުޅި އާއި 45 ޕެކެޓު ބަނގުރާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅުންހުރި އެހެނިހެން ތަންތަން ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިހާރު އަންނަނީ ބަލައި ފާސްކުރަމުންނެވެ.