ފ. ނިލަންދޫގައި ތޫނު އެއްޗަކުން ބިރުދައްކައިގެން އަންހެނަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ބިރުދައްކައިގެން ރޭޕްކޮށްފައިވަނީ އުމުރުން 33 އަންހެނެއް ކަމަށާއި އެކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މިހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ހިންގުމަށް މިއަދުން ފެށިގެން 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައި ދީފައިވާ ކަމަށެވެ.