27 Dec 2013, 15:13
ރޭ މާލޭ ގެއެއްގެ ތެރޭގައި ދަންޖެހިގެން މީހަކު މަރުވެއްޖެ އެވެ.
ނ. ވެލިދޫ މުގުރިގެ، މުހައްމަދު ވަސީމް ދަންޖެހިގެން މަރުވެފައިވާކަން އޭނާގެ އާއިލާގެ މީހަކު ވަނީ ސަން އަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ ވަސީމް ދަންޖެހިފައި ހުއްޓާ ފެނުނީ މާލެގައި އޭނާ ދިރިއުޅެމުންދާ ގޭގެ ކޮޓަރިތެރެއިންނެވެ.
ފުލުހުން ބުނީ ރޭ 10:30 ހާއިރު މާލެގެ ގެއްގެ ތެރޭގައި ދަންޖެހިފައި ހުރި މީހަކު އަޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ދީފަ އެއްނުވެ އެވެ.