ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ 49 ވަނަ ގައުމީ ކުރިކެޓް މުބާރާތުގެ ފުރަތަމަ މެޗުގައި މާލޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް އެމް އެސް ހެލްޕިންގް ހޭންޑް އެންޑް ސްޕޯޓްސްގެ ޓީމް ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުރިކެޓް ބޯޑުން ބުނީ، ދެ ދުވަހަށް ދެމިގެންމިދާ މެޗުގެ ފުރަތަމަ އިންނިންގްސްގައި ކުޅުމަށް ހަމަޖެހިފައި ވަނީ 60 އޯވަރެވެ. އަދި ދެ ވަނަ އިނިންގްސްގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތުދެ އެވެ. މާދަމާގެ މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:30 ގަ އެވެ.

މިފަހަރުގެ މުބާރާތުގައި ޖުމްލަ ތިން ޓީމް ވަނީ ބައިވެރިވެފަ އެވެ. އެއީ މާލޭ ސްޕޯޓްސް ކުލަބާއި އެމް އެސް ހެލްޕިން ހޭންޑް އެންޑް ސްޕޯޓްސް އެކަޑަމީ އަދި ވެސްޓް ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ ކުޅުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.