ނ. ރަންދެލިން ފުރައިގެން މާލެ ދަތުރުކުރި "ޚަޒާނާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކ. ގާފަރު ފަރަށް އަރައިފި އެވެ.

ފަސް ފަޅުވެރިންނާ އެކު ދަތުރުކުރި 95 ފޫޓްގެ މިދޯނި ކ. ގާފަރުގެ އިރުމަތީ ފަރާތުގެ ފަރަށް އަރާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެމްއެންޑީއެފް އިން ބުނީ ފަރަށް އެރި ދޯންޏަށް މިއަދު ހެނދުނުން ފެށިގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި އެގޮތުން އެ ދޯނިން ދަތުރުކުރި ފަސް މީހުން ޑިންގީ އަށް ނެގުމަށް ފަހު މިހާރު ވަނީ މިއަދު ހެނދުނު ކ. ގާފަރަށް ރައްކާތެރިކަމާ އެކު ގެންގޮސްފައި ކަމަށެވެ.