މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކުގެ އޮޑިޓް ރިޕޯޓު ހުށަހަޅަންޖޭ މުއްދަތު ހަމަވިއިރު އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާ ހަތް ސިޔާސީ ޕާޓީއެއް ޖޫރިމަނާ ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އޮޑިޓް ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތު މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހަށް ހަމަވިއިރު މޯލްޑިވްސް ރިފޯމް މޫވްމަންޓާއި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީ އާއި ޕީޕީޕަލްސް ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީ އާއި މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސްގެ އިތުރުން ޕީޕީޕަލްސް އެލަޔަންސާއި މޯލްޑިވިއަން ލޭބާ ޕާޓީގެ ފަރާތުން އޮޑިޓް ރިޕޯޓު ހުށަހަޅާފައިނުވާ ކަމަށެވެ.

އެ ހަތް ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއެއް ޖޫރިމަނާ ކޮށްފައި ވަނީ 50،000ރ. އިން ނެވެ.

އެ ޕާޓީތަކުގެ ތެރެން މޯލްޑިވްސް ރިފޯމް މޫވްމަންޓް މިހާރު ވަނީ އުވާލާފަ އެވެ.