26 Dec 2013, 10:44
މިހާރު ކުރިއަށްދާ 21 ވަނަ ހިޓާޗީ އެމްބީއޭ ބާސްކެޓް ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިވެހި ސިފައިން ކްލަބު ދަތުރުކޮށްފި އެވެ.
މިމުބާރާތުގެ ފައިނަލަށް ދިވެހި ސިފައިން ކްލަބު ދަތުރުކޮށްފައިވަނީ ރޭ ކުޅެވުނު ސެމީފައިނަލް މެޗްގައި ކްލަބް އީގަލްސްއާއި ބައްދަލުކޮށް 71 ޕޮއިންޓް 91 ޕޮއިންޓުން މޮޅުވެގެންނެވެ.
ދެ ޓީމްގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ސިފައިން ކްލަބުގެ އަހުމަދު އައުޝަން އެވެ.
މިމުބާރާތުގެ ފައިނަލަށް ދިވެހި ސިފައިން ކްލަބާ އެކު އާރުއެލްސީ ވެސް ވަނީ ދަތުރުކޮށްފަ އެވެ. އެގޮތުން ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:00 ޖަހާއިރު އެވެ.