މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރި ފަސް މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލާގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ތ.ވިލުފުށީ އަތަމާގޭ އިބްރާހީމް އިނާޒް،32، އާއި ސ.ހުޅުދޫ ރައިހާނުގެ، ޝިމްތާން އަލީ،27، އާއި ގއ.މާމެންދޫ ބިލެތްމާގޭ މުހައްމަދު ފަޒީން،24، އާއި ގއ.ވިލިނގިލީ ދެތަނޑިމާގޭ ހުސައިން ސިމާދު،33، ގެ އިތުރުން އަދި މއ.ކޮޓްންވިލާ އަހްމަދު ޝަފްނީޒް،30، ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެންމެންގެ މައްޗަށް ދައުވާކުރަން ފޮނުވާފައި ވަނީ ތަފާތު އެކި ދުވަސްމަތިން ފުލުހުން އެމީހުން ހައްޔަރު ކުރި އިރު މަސްތުވާތަކެތި އަޅާފައި ހުރި ޕެކެޓުތައް ފެނިފައިވާތީ އާއި އަދި އެމީހުންގެ ކުޑަކަމުދާތަކެތި ތަހުލީލު ކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާތީ ކަމަށެވެ.