26 Dec 2013, 10:21
އެކާވީސް ވަނަ ހިޓާޗީ އެމްބީއޭ ބާސްކެޓް ބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޒަންގެ ފައިނަލަށް ދިވެހި ސިފައިން ކްލަބު ދަތުރުކޮށްފި އެވެ.
ސިފައިން ކްލަބު މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އިއްޔެ ހަވީރު ޒުވާނުން މަރުކަޒުގެ، އެތެރޭ ކޯޓްގައި ކުޅެވުނު މެޗްގައި ޔޫތު އެންޑް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 19 ޕޮއިންޓް 71 ޕޮއިންޓުން މޮޅުވެގެންނެވެ.
އިއްޔެ މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ ނަޝްފާ އާމިރާ އެވެ.
މިމުބާރާތުގެ ފައިނަލަށް ދިވެހި ސިފައިން ކްލަބާ އެކު ރެޑްލައިން ކްލަބާއި އާރުއެލްސީ ވެސް ވަނީ ދަތުރުކޮށްފަ އެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ ތިން މެޗްގެ އުސޫލުންނެވެ. އެގޮތުން ޗެމްޕިއަން ޓީމް ކަނޑައެޅޭނީ ތިން މެޗްގެ ނަތީޖާއިންނެވެ. މުބާރާތުގެ ފުރަތަމަ ފައިނަލް މެޗް ކުޅޭނީ މާދަމާ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާނީ ސިފައިން ކްލަބާއި އާރުއެލްސީގެ ޓީމާ އެވެ.