25 Dec 2013, 14:09
އެމްޓީސީސީން ދެމުން އަންނަ އެކްސްޕްރެސް ލޯންޗްގެ ހިދުމަތުގެ އަގު ބޮޑުކުރިތާ މަހެއް ނުވަނީސް 25ރ. އަށް ކުޑަކޮށްފި އެވެ.
އެމްޓީސީސީން ދެމުން އަންނަ އެކްސްޕްރެސް ލޯންޗްގެ ހިދުމަތް ހުޅުލެއަށާއި ހުޅުމާލެއަށް އެންމެ ފުރަތަމަ ވިއްކާފައި ވަނީ 20ރ. އަށެވެ. އަދި އޭގެ ފަހުން 25ރ. އަށް ވިއްކުމަށްފަހު މިމަހުގެ ދެވަނަ ދުވަހުން ފެށިގެން 35ރ. އަށް ބޮޑުކުރި އެވެ.
އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ އެކްސްޕްރެސްގެ ހިދުމަތް 35ރ. އަށް ބޮޑުކޮށްފައިވަނީ ތެޔޮ އަގު ބޮޑުވުމާއި އެހެނިހެން ސަބަބުތަކާ ހުރެ އަގު ބޮޑު ނުކޮށް އެ ހިދުމަތް ދެވެން ނެތުމުން ކަމަށެވެ.
އެމްޓީސީސީން އެކްސްޕްރެސްގެ އަގު ހެޔޮކޮށްފައިވީ ނަމަވެސް މިހާރު ވެސް އެ ކުންފުނިން ހުޅުމާލެއަށް ފެރީ ޓިކެޓެއް ވިއްކަނީ 5.50ރ. އަށެވެ. އަދި ވިލިނގިލީ ޓިކެޓެއް ވިއްކަނީ 3.25ރ. އަށެވެ.