ރޭ ތޫނު އެއްޗަކުން ހަމަލަދީ މީހަކު މަރާލި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ވަޅި ހެރުމުގެ ސަބަބުން ރޭ ވަނީ އުމުރުން 18 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކު ޒަޚަމްކޮށްލާފަ އެވެ. އޭގެ ތެރެއިން މަރުވެފައި ވަނީ މއ. އައިޝާ، އުމުރުން 21 އަހަރުގެ ހުސައިން ވަހީދެވެ. އޭނާގެ މެޔަށް ވަނީ ވަރަށް ފުންކޮށް ވަޅި ހަރާފަ އެވެ. އެހަމަލާގައި ޒަޚަމްވި 18 އަހަރުގެ ޒުވާނާ އަށް މާ ސީރިޔަސް އަނިޔާތަކެއް ލިބިފައިއެއްނުވެ އެވެ. އޭނާގެ ކަނައަތް ފަރާތު އަރިކައްޓަށް ވަނީ ވަޅި ހަރާފަ އެވެ.

ރޭ 10:30 އެހާކަންހާއިރު އެ މާރާމާރީ ހިންގާފައި ވަނީ ބުރުޒުމަގު، ކޮފީ ކޯނާ ކެފޭ ސަރަހައްދުގަ އެވެ.