24 Dec 2013, 22:56
ވަޅި ހެރުމުގެ ހާދިސާގައި މިރޭގެ ޒަހަމްވި ދެ ޒުވާނުންގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާ ޒުވާނާއަކީ މއ. އައިޝާ، އުމުރުން 21 އަހަރުގެ ހުސައިން ވަހީދެވެ. އޭނާގެ މެޔަށް ވަނީ ވަރަށް ފުންކޮށް ވަޅި ހަރާފަ އެވެ.
http://www.sun.mv/albums/l_21817.jpg
މިރޭ ވަޅިހެރުމުން ޒަޚަމްވި 18 އަހަރުގެ ޒުވާނާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އޭނާގެ ކަނައަތް ފަރާތު އަރިކައްޓަށް ވަނީ ވަޅި ހަރާފަ އެވެ.
http://www.sun.mv/albums/l_21816.jpg
މިރޭ 10:30 އެހާކަންހާއިރު އެ މާރާމާރީ ހިންގާފައި ވަނީ ބުރުޒުމަގު، ކޮފީ ކޯނާ ކެފޭ ސަރަހައްދުގައެވެ. އެ މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.
ވަޅި ހެރުމުގެ ހާދިސާގައި މިރޭ މަރުވި ހުސައިން ވަހީދަކީ މަސްތުވާތަކެއްޗާއި ތޫނު ހަތިޔާރު ގެންގުޅުމުގެ ކުށުގެ ރެކޯޑު އޮންނަ ޒުވާނެކެވެ.