24 Dec 2013, 13:38
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ނަންތައް ހުށަހެޅުމުގެ މުއްތަދު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.
އަންނަ ޖެނުއަރީ މަހުގެ 18ގައި ބާއްވާ ކައުންސިލް އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ މަންދޫބުންގެ ނަން ހުށަހެޅުމު މުއްދަތު މިއަދަށް ހަމަވެފައިވާ އިރު އެ މުއްދަތު އިތުރުކޮށްފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުނަށް ކޮންމެ މަރުކަޒަކަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ އެންމެ ފާހެކެވެ. އަދި ކެންޑިޑޭޓުނަށް ދޫކުރާ ފާސް ގެއްލިގެން އަލުން ހައްދަން ޖެހިއްޖެ ނަމަ 20 ރުފިޔާގެ ޖޫރިމަނާއެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުންބުނެ އެވެ.