24 Dec 2013, 11:22
މުވައްޒަފުންނަށް މުސާރަ ދިނުން ފިޔަވައި އިތުރު ހަރަދުތައް ދައުލަތުގެ ބަޖެޓުން ނުކުރުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮފީސްތަކަށް އިއްޔެ އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވައި އިއްޔެ ނެރުއްވި ސާކިއުލާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކުގެ އާއްމު ބަޖެޓުން މުވައްޒަފުންނަށް ހިނގާ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ނުކުރެވޭ ގޮތަށް މިއަދުން ފެށިގެން މި އަހަރުގެ ބަޖެޓް ބަންދުކުރާނެ ކަމަށެވެ. އަދި އެގޮތަށް ބަޖެޓް ބަންދުކުރި ނަމަވެސް މިމަހު މުވައްޒަފުންނަށް ހިނގާ ހަރަދުތައް ހަމަޖެއްސުމަށް ފަހު ބަޖެޓް ތަންދޭ މިންވަރަކުން ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ގެންދަވާނެ ކަމަށް ވެސް އެ ސާކިއުލާގައި އަންގަވާފައިވެ އެވެ.
ފިނޭންސް މިނިސްޓަރު އޮފީސްތަކަށް އެ ސާކިއުލާ ފޮނުއްވި އިރު ދައުލަތުގެ މި އަހަރުގެ ބަޖެޓް ފާސްކުރުމަށް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ. އެ ބަޖެޓް ފާސްކުރުމަށް އަންނަ އާދީއްތަ ދުވަހު އޮންނާނެ އެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްދީފައި ވަނީ 16.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.