ތޫނު އެއްޗަކުން ހަމަލަދީ ޒުވާނަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ 11:00 އެހާކަންހާއިރު ކަލާފާނު ސްކޫލް ކައިރީ ހިންގި އެ މާރާމާރީގައި އުމުރުން 24 އަހަރުގެ މީހަކު ޒަޚަމްކޮށްލާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހާގެ ގައިގެ އެކި ތަންތަނަށް ތޫނު އެއަޗަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

އަނިޔާވި މީހާ އަށް އޭޑީކޭ ހޮސްޕިޓާލުގައި ފަރުވާ ދިނުމަށް ފަހު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް އޭނާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.