23 Dec 2013, 13:38
ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ޖެންޑަ އަށް ނައިބުން އައްޔަނު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އިސްލާމިކް މިނިސްޓަރުގެ ނައިބު ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ މ. ރޭޝަމް ޑރ. އައިޝަތު މުނީޒާ ކަމަށެވެ. މުނީޒާއަކީ، މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން ގާނޫނީ ރޮނގުން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ފޮރިން އެފެއާޒްގެ ނައިބު ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ މއ. ރެސްޓިން ހައުސް ފާތިމަތު އިނާޔާ އެވެ. އިނާޔާ މިހާތަނަށް ހުންނެވީ، ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ ކަމުގެ މަގާމުގަ އެވެ. ހެލްތް އެންޑް ޖެންޑަގެ ނައިބު ކަމުގެ މަގާމަށް އައްޔަނު ކުރެއްވީ، ދަފްތަރު ނަންބަރު 1540 މުހަންމަދު މާހިރެވެ.