ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަ އޮފް ސްޓޭޓް ފޮ ހެލްތް އެންޑް ޖެންޑަ ކަމަށް ދަފްތަރު ނަންބަރު 5485 ފުއާދު ގާސިމް އައްޔަނު ކުރައްވައިފި އެވެ.

ފުއާދު މިހާތަނަށް ހުންނެވީ، މިނިސްޓަ އޮފް ސްޓޭޓް ފޮ ފިޝަރީޒް އެންޑް އެގްރިކަލްޗަ ކަމުގެ މަގާމުގަ އެވެ. މީގެ އިތުރުން ފޮރިން ސެކްރެޓަރީ ކަމަށް ގދ. ގައްދޫ ބެންހާގޭ ޑރ. އަލީ ނަސީރު މުހަންމަދު ވަނީ އައްޔަނު ކުރައްވައިފަ އެވެ. އޭނާ މިހާތަނަށް ހުންނެވީ، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގަ އެވެ.