23 Dec 2013, 12:53
ފުލުހުންގެ ވަޒީފާ އަށް ފިލައިގެން އުޅޭ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.
ވަޒީފާ އަށް ފިލައިގެން ހޯދަން އިއުލާންކޮށްފައި ވަނީ ޕޮލިސް ކޮންސްޓަބަލް އަބްދުއްރަޝީދު އަލީ 34، އެވެ.
ބ. ތުޅާދުއަށް އުފަން އަބްދުއްރަޝީދު އަލީ ހޯދަން މިއަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުވެސް ވަނީ އިޢުލާންކޮށްފަ އެވެ.
އާނާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާ ނަމަ ލަސްނުކޮށް ފުލުހުންނަށް އެމައުލޫމާތެއް ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.