4:54- ސުނާމީ ބިނާ ކައިރިޔަށް ބަޔަކު އެއްވެ، ރާއްޖެ އައިސް އުޅޭ އިޒްރޭލް ޑޮކްޓަރުން ބޭރު ކުރުމަށް ގޮވާލާ ނުރުހުން ފާޅު ކުރަމުން އެބަދެ އެވެ. 


ހަވީރު ހަތަރެއްޖެހި އިރު ފެށި އެއްވުމުގައި ތިބި މީހުން ގޮވައިލަމުން ދަނީ ރާއްޖެ އައިސް އުޅޭ އިޒްރޭލުން ޑޮކްޓަރުންގެ ޓީމް ރާއްޖޭން ބޭރު ކުރުމަށާއި އެމީހުން ބޭނުން ކޮށްގެން އެއް ވެސް ދިވެއްސަކަށް ފަރުވާ ދޭން މަސައްކަތް ނުކުރުމަށެވެ.


މީގެ އިތުރުން އެމީހުން މައިގަނޑު ގޮތެއްގައި ގޮވައިލަނީ ޒަޔަނިސްޓުން ފުރަތަމަ އަންނަނީ ޓޫރިސްޓުންގެ ގޮތުގައި ކަމަށާއި މިހާރު އޭގެ ބަދަލުގައި އެކި ގޮތްގޮތުން ރާއްޖެ އައިސް ދިވެހިން ފިކުރާ ކުޅެން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.


އިޒްރޭލް ޑޮކްޓަރުންނާ ދެކޮޅު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނުރުހުން ފާޅު ކުރަމުންދާ މީހުންގެ ތެރޭގައި ގާތްގަނޑަކަށް 50 ވަރަކަށް މީހުން ހިމެނެ އެވެ.


ނުރުހުން ފާޅުކުރަން  ލޮނު ޒިޔާރަތްކޮޅު ސުނާމީ ބިނާ ކައިރިއަށް އެއްވި  5:00 ޖަހާ އެހަކަންހާއިރު ޕިކަޕްތަކުގައި ޝުއޫރު ފާޅު ކުރަމުން  މާލޭގެ އެކި މަގުތަކުގައި  ވަނީ ދުންވުމަށް ފަހު އެމީހުން ވަނީ އެނބުރި ސުނާމީ ބިނާ ކައިރިއަށް ގޮސް އިޒްރޭލްގެ ދިދަތަކެއް އަންދާލާފަ އެވެ.