އިސްލާމިކް މިނިސްޓްރީ އަށް ނައިބަކު އައްޔަން ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު އަލީ ސައީދު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެ މިނިސްޓްރީ އަށް ޑރ. އައިޝަތު މުނީޒާ ހަމަޖައްސާފައިވާ ކަމަށެވެ.

ޑރ. އައިޝަތު މުނީޒާ އަކީ އިސްލާމީ އިގްތިސާދުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ އެލިއާ އިން ތައާރަފު ކުރި އިސްލާމިކް ޝަރީއާއާ އެއްގޮތަށް އިންސްޓޯލްމަންޓަށް ސައިކަލް ދޫކުރާ، އެލިޔާގެ ޝަރީއާ ކޮމެޓީގެ ޗެއާމަންކަން ވެސް އަދާކުރައްވައިފަ އެވެ.