22 Dec 2013, 12:52
ހދ. ކުޅުދުއްފުށި ގެއެއްގެ ބަދިގޭގައި ރޯވެ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީ ދޮންފަށުވިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.
ނަމަވެސް ރޭ މެންދަމު ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު، ބަދިގެއާއި ބަދިގެތެރޭގައި ހުރި ސާމާނު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި ބަދިގޭގައި ރޯވި އަލިފާންގަނޑު އެގޭގެ ކުޑަދޮރެއްގައި ރޯވެ، އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިހާދިސާގައި ބަދިގޭގައި ރޯވާން ދިމާވީ ކީއްވެ ކަމެއް ނޭނގެ އެވެ.
އެމްއެންޑީއެފުން ބުނީ ދޮންފަށުވިގޭގެ ބަދިގޭގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 1:40 ހާއިރު ކަމަށާއި އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދަމު ގާތްގަނޑަކަށް 3:20 ހާއިރު ކަމަށެވެ.