ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިންޓާނަލް އޮޑިޓަރެއްގެ މަގާޤުގައި ހުންނެވި ހަދީޖާ ހުސައިން އަށް ސަރުކާރުގެ ފައިނޭޝަލް ކޮންޓްރޯލާގެ މަގާމު ދެއްވައިފި އެވެ.

ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ސަން އަށް ވިދާޅުވީ ހަދީޖާ ހުސައިން އަށް އެ މަގާމު ދެއްވައި އޭނާ މިދިޔަ ބުރާސްފަތި ދުވަހު އޮފީހަށް ނުކުންނަވާފައިވާ ކަމަށެވެ.

ހަދީޖާ އަށް އެ މަގާމު މި ދެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އަހުމަދު އެ މަގާމުން ވަކި ކުރެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.

ހަދީޖާ ފައިނޭޝަލް ކޮންޓްރޯލާގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ނާއިބު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.